މަޢުލޫމާތާއި އެހީ

ޖިންސީ ގޯނާ

ޖިންސީ ގޯނާއަކީ، ބޮޑެތި މީހުން އެމީހުންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމީހެއްގެ މައްޗަށްކުރާ އިތުބާރާއި އިޙްތިރާމްގެ ނާޖާއިޒު ފައިދާ ނަގައިގެން، ޖިންސީ ކަންކަމުގައި ކުއްޖާ މަޝްޣޫލްކުރުވުމެވެ. މިފަދަ ކަންކަން ގަދަބާރުން، މަކަރުން، އެއްޗެތި ދީގެން ހައްލާލައިގެން ނޫނީ ބިރުދައްކައިގެން ހިންގަފާނެއެވެ.

ކުއްޖާ އަށް ކޮއްފާނެ އަސަރު

ހެދިބޮޑުވުމަށާއި ކުއްޖާގެ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ. އަމިއްލަ ނަފުސާ ދޭތެރޭ ދެރަކޮށް ދެކި، އިޙުސާސްތައް ހާމަނުކޮށް އެތެރޭގައި ބަހައްޓަފާނެ. މީހުންނަށް އިތުބާރުކުރަން އުނދަގޫވުމާއި، ގާތްކަން ބާއްވަން ދަތިވެދާނެ. ކެއިން ބުއިމުގައި މައްސަލަތައް ހުރުމާއި ކަންކަމާ ހާސްވެ ޕެނިކް އެޓޭކްސް އައުން. ބިރުވެރި ހުވަފެން ފެނުމާއި ޖިންސީ މައްސަލަތައްވެސް ކުރިމަތިވެދާނެ. އެކަށީގެންވާ އެހީތެރިކަން ކުއްޖާއަށް ނުލިބޭނަމަ މިކަމުން ކުރާ އަސަރުތައް ކުއްޖާ ބޮޑުވެގެން އަންނައިރުވެސް ހުރެދާނެ.

ނިޝާން ތަކާއި އަލާމާތް ތައް

މިފަދަ ހާނިއްކައެއް ލިބިފައިވާ ކުއްޖެއްގެ ފަރާތުން ފެނިދާނޭ ސިފަތައް ކުޑަކަމުދާ ނިޒާމަށް ތަކުރާރުކޮށް ބަލިޖެހުން ނުވަތަ ފާރުވުން
• ކުޑަކަމުދާ ނިޒާމަށް ތަކުރާރުކޮށް ބަލިޖެހުން ނުވަތަ ފާރުވުން.
• ތަންމައްޗަށް ކުޑަކަމުދެވުން.
• ރައްޓެހިންނާއި އޮންނަ ގުޅުން ކުއްލިއަކަށް ކެނޑުން/ކުޑަވުން.
• ކުރާ ކަންކަމާ ދޭތެރޭ އޮންނަ ޝައުގުވެރިކަން ކެނޑުން.
• ކަމަކަށް ސަމާލުކަން ދީގެން ގިނައިރު ނީނދެވުން.
• ޖިންސީ ކަންކަމަށް އާދަޔާ ޚިލާފަށް ޝައުގުވެރިވުން.
• ބޮޑެތި މީހުން ނުވަތަ ކުއްޖާއާ އެކި ޙާލަތުގައި ޙަވާލުވެފައިވާ މީހުންނާ ދޭތެރޭ ރުޅިވެރިކަން އުފެދުން.
• އަބަދު ކައިރީގައި މީހުން ބައިތިއްބަން ބޭނުންވުން.
• ވާހަކަ ދައްކާގޮތް ބަދަލުވުން. މިސާލަކަށް ޢުމުރަށްވުރެ ކުޑަކުދިން ދައްކާގޮތަށް ވާހަކަ ދައްކަންފެށުންކިޔެވުމުގައި އުނދަގޫތައް ކުރިމަތިވުން.
• ގެއިން ފިލައިގެން ދާންފެށުން.
• ބަލިކަމުގެ ޝަކުވާ ކުރުން.
• އެހެންމީހުންނަށް އިތުބާރު ނުކުރެވުން.
• ކުރިން ކުއްޖާ ބިރުނުގަންނަ ކަންކަމުގައި ބިރުގަތުން.
• އެހެން ކުދިންނާއެކު މަޖާ ކުރާހިތް ނުވުން.
• އަމިއްލަ ނަފްސަށް/ފުރާނައަށް ގެއްލުންދޭން އުޅުން.
• އަމިއްލަ ނަފްސަށް ދެރަކޮށް ހިތުމާއި، އަމިއްލަ ނަފްސުގެ އަގުވަޒަން ނުކުރުން.
• މަސްތުވާތަކެތި ބޭނުންކުރުން.
• އަމިއްލަ ނަފްސާމެދު ފަރުވާކުޑަކުރުން.
• ކުއްޖާގެ އުޅުމުން ޖިންސީ ޙަރަކާތްތައް ފެނުން.
• ޢުމުރާ ނުގުޅޭ ޖިންސީ މަޢުލޫމާތު ކުއްޖާއަށް ލިބިފައިވުން.

އެހީ ވެވޭނެ ގޮތް

ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިވާކަން އިނގޭނަމަ ނުވަތަ ޝައްކު ކުރެވޭނަމަ، އެކުއްޖާ ކުރެން ސުވާލުކޮށް އެހީވެވޭނެ މަގުތައް ދެނެގަންނާށެވެ. ކުއްޖާއަށް ހިއްވަރުދީ އެކަނިވެރި ނުވާނޭކަން އަންގާދޭށެވެ. ކުދިން ޙާލުބަލާ އެކުދިންނަށް ވީ މިންވަރަކުން އެހީވެދޭށެވެ.

އެހީ ހޯދޭނެ ގޮތް

ޖިންސީ ގޯނާ/ ހާނިއްކަ ކުރިމަތިވާނަމަ ނުވަތަ ކުއްޖަކަށް މިފަދަ ހާނިއްކައެއް ވެފައިވާކަމަށް އެނގި އެފަދަކަމަކަށް ޝައްކު ކުރެވޭނަމަ:
މާލެ އަތޮޅު ރަށަކުންނަމަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ 3328393
އަތޮޅު ތެރޭގައި ނަމަ އެއަތޮޅެއްގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް އަށް ގުޅުއްވާ ނުވަތަ ޒިޔާރަތް ކުރުމަން އެހީތެރިކަން ފޯރުކޮށްދެވޭނެ.
ފުލުހުންނަށް ރިޕޯޓު ކުރާނަމަ އާއިލާ އަދި ކުޑަކުދިން ރައްކާތެރިކަން ފޯރުކޮށްދޭ ފުލުހުންގެ ޑިޕާރޓްމެންޓް 3000600
ކުޑަކުދިންނަށް ކުރާއަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް ހިލޭގުޅޭ ނަންބަރު 1412


logo